ފަރުވާކުޑަކޮށް ވެހިކަލް ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

ފަރުވާކުޑަކޮށް ވެހިކަލް ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

ބުރިޖު މަގުމަތީގައި ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވި މީހަކު ދެނެގަނެ، އެ މީހާގެ ލައިސަންސް ހިފަހައްޓައި، ދުއްވި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ފަރުވާކުޑަކޮށް އެއްގަމު އުޅަނދެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއާއެކު، ފުލުހުން ކުރި މަސައްކަތުން އެ އުޅަނދު ދުއްވި ފަރާތާއި އެ އުޅަނދު މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ނުރައްކާތެރިކޮށް ދުއްވި އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާއިރު، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *