ކައުންސިލުގެ ބިން ނަގާނަމަ އިންވެސްޓްމެންޓަށް ބަދަލުދޭގޮތަށް ބިލު އިސްލާހުކޮށްފި

ކައުންސިލުގެ ބިން ނަގާނަމަ އިންވެސްޓްމެންޓަށް ބަދަލުދޭގޮތަށް ބިލު އިސްލާހުކޮށްފި

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުންނަ ބިންތައް ނަގާނަމަ އިންވެސްޓްމެންޓަށް ބަދަލުދޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ. އެ ބިލަށް ޕީއެންސީގެ މެމްބަރުން ތަޢީދުކުރައްވައެވެ.

ރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވީ، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް ބިލް އިސްލާޙުކުރުމަށެވެ. އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުންކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

އިތުރު ބައެއް އިސްލާޙުތަކާއިއެކު ލާމަރުކަޒީ ކޮމިޓީން އެ ބިލު ފާސްކުރީ ކޮމިޓީބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އެހެނިހެން އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމުމުގެ ބާރުދިނުން ހިމެނެއެވެ.

މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *