އައްޑޫއާއި މުޅި ދެކުނު ބަދަލު ކޮށްލަދޭނަން، އަޅުގަނޑު އެކުލަވާލާނީ ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް: ޝާހިދު

އައްޑޫއާއި މުޅި ދެކުނު ބަދަލު ކޮށްލަދޭނަން، އަޅުގަނޑު އެކުލަވާލާނީ ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް: ޝާހިދު

އައްޑޫ ސިޓީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު ބަދަލުކޮށްލުމަށްޓަކައި، ކަންކަން ކުރާނެ އަދި ނަތީޖާ ނެރެދޭނެ ތަޖުރިބާކާރު ސަރުކާރެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކުރުމަށް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވަނީ އައްޑޫގެ އެކި ރަށްތަކުން ހިނިތުންވުމާއެކު އެމަނިކުފާނަށާއި ޓީމަށް ދެމުންދާ ތާޢީދާއި ލޯތްބަށްޓަކައި އައްޑޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެކަނި ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްޤީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު، އިރާދަކުރެއްވިއްޔާ ބަދަލު ކޮށްލާނީ ރައްޔިތުން ދެއްވާ ޚިޔާލާއި މަޝްވަރާ އަދި ފަންނީ ލަފަޔާއެކު ކުރެވޭ ހިތްވަރުގަދަ މަސައްކަތުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އިރާދަފުޅުން އަޅުގަނޑު ޑެލިވަރކޮށްދޭނީ ކަންކުރާނެ، ހައްލު ހޯދާނެ، ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އިއްްޔެ އާއި މިއަދުވެސް އައްޑޫގެ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެކިކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އައްޑޫގެ ބަޔެއް ރަށްރަށުގައި އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހިންގަވައި ގިނަބަޔަކާ ބައްދަލު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، '#Shahid2028′ ގެ ނަމުގައި އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރެއްވީ އައްޑޫ ސިޓީގައެވެ. މި ދަތުރުފުޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުންނާއި ހުޅުމީދޫން ޝާހިދަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *