އެމްޑީޕީގެ ރައީސް ޝާހިދު އައްޑޫ ސިޓީއަށް

އެމްޑީޕީގެ ރައީސް ޝާހިދު އައްޑޫ ސިޓީއަށް

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝާހިދު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 14 އޮގަސްޓު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމްޑީޕީގެ ރީނދޫ ކުލައިގެ ހާޓް އިމޯޖީއަކާއެކު ކުރެއްވި މި ޕޯސްޓުގައި އައްޑޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހުންނެވީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންކަން ހާމަކުރައްވާފައި ވެއެވެ.

ޝާހިދު އައްޑޫއަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ އެކި ރަށްތަކަށް ޒިޔާރަތް ކުރައްވައި، ޕާޓީގެ އާންމު މެންބަރުންނާއި ދާއިރާތަކުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޝާހިދު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅު ތަކަށް ޒިޔާރަތްކުރައްވައި ޕާޓީގެ ހަރަކާތްތައް އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އައްޑޫ ސިޓީއަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ތާއީދު އޮންނަ ސަރަހައްދު ކަމަށްވުމާއެކު، މި ދަތުރުފުޅަކީ ސިޔާސީ ގޮތުން ވަރަށް މުހިންމު ދަތުރުފުޅެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *