ގޭންގު ކުށްތަކުގައި އުޅޭ ކުދިން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން: އިހުސާން

ގޭންގު ކުށްތަކުގައި އުޅޭ ކުދިން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން: އިހުސާން

ގޭންގު ކުށްތަކުގައި އުޅޭ ކުދިން ކުށުގެ ވެށިން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުގެ ސިޔާސަތެ އްނޫން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެެވެ.

ގޭންގު ކުއްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މަގުމަތީގެ އެކި ހިސާބުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭންގް މާރާމާރީ ހިންގާ ވާހަކަ މީގެކުރިން އަބަދު އަޑުއިވެމުންދާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ކަމާބެހޭ ޔުނިޓް ތަކުން ގޭންގް ކުށްތައް ހުއްޓޫވުމަށް 24 ގަޑިއިރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގޭންގް ކުށްތައް މިހާރު ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޔުނިޓްތައް 24 ގަޑިއިރު މަސައްކަތްކުރޭ މިހާރު ރާއްޖޭގެ މަގު ތަކުގައި، އަދި ކުރިން ގޭންގުތައް އުޅެމުންއައި ސަރަހައްދުތަކުގައި ވަކިން ހާއްސަކޮށް އުޅެމުންދާނެ، އޭގެ ނަތީޖާއެއްގެ ގޮތުން ގޭންގް މާރާމާރީ އެސެންޝިއަލީ  ރާއްޖޭގައި މިހާރު ވަނީ ހުއްޓިފައިކަން އަޅުގަނޑު އުފަޅާއެކު ފާހަގަލުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގޭންގް ކުށްތަކުގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް ރަނގަޅުމަގުތައް ހޯދަމުންދާ ކަމަށް ތަފާސްހިސާބު ތަކުން ދައްކާ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސާތަކީ އެ މަގުތައް އެކުދިންނަށް ދެއްކުން، އެއްވެސް ހާލެއްގައި ކުށުގެވެށިން ކުދިން ހައްޔަރުކޮށް ޖަލަށްލުމެއް ނޫން، ކުދިން ރިހެބިލިޓޭޓްކޮށް ،ކުދިން މަގުމައްޗަށްނެރެ، ރަނގަޅު ބޭނުން ހިފޭ ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނެރުން،" އިހްސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *