ތުލުސްދޫއަށް ބަދަލުވާން ބޭނުން މ. އަތޮޅު ރަތްމަންދީ މީހުންނަށް ތުލުސްދޫން ހަމަޖައްސާފައިވާ ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިމު ސުވާލު ކުރެއްވީ، ދިއްގަރު ދާއިރާގައި ހިމެނޭ ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލު ކުރުމާ ބެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މިހާރު އެ މަސައްކަތް ގޮސްފަ އޮތް ހިސާބަކާއި، އެ މަސައްކަތުގެ ޓައް ލައިނެއް ހޯއްދެވުމަށެވެ.
ނާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ބިން ހަމަޖެއްސިނަމަވެސް އެތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ނުފެށޭ ކަމަށެވެ.
"އެތާ ޖެހިގެން އޮތް ރިސޯޓު ހިންގާ އެމްއޭސީއެލްއިން އެރަށުގައި މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް ވިދާާޅުވެފަ، ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް ވިދާާޅުވެފަ އޮތީމަ ސަރުކާރު ޕްރޮޖެކްޓެއް ނުހިންގާ މަޑު ކުރަނީ އެމްއޭސީއެލްގެ ޕްރޮޕޯސަލް އަންނަންދެން، އެމްއޭސީއެލް އިން ބޭނުން ވަނީ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުނުގެ ހުރިހާ ކަމެއް ކޮށްދޭން،" ވަޒީރު ވިދާޅުވިއެވެ.
އެހެން ކަމުން ޕްރޮޕޯސަލް ލިބުުނުހާ އަވަހަކަށް އިމާރާތް ކުރުުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.






