ޑޮލަރު ނުލިބޭތީ އުމްރާނީ މަޝްރޫއުތައް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

ޑޮލަރު ނުލިބޭތީ އުމްރާނީ މަޝްރޫއުތައް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

ޑޮލަރުގެ އަގު މައްޗަށްދާ މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އިތުރު ރައުޔެއް ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ މައްސަލައިގައި އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވާ އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ.

އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަންޖެހޭ، ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލާ ހަވާލުކުރުން ރަނގަޅުވާނެ. ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ،“ ނަޝީދުގެ ރައުޔުގައި ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވަނީ ރާއްޖޭގެ މާލީ މައްސަލަތައް ހުރި ގޮތުން މި ސަރުކާރަށް ޑޮލަރުގެ މައްސަލަ ހައްލު ކުރެވެން ނެތްކަން ވަރަށް ސާފު ކަމަށެވެ. އެ މައްސަލައިގައި އިލްމީ ބޭފުޅުންގެ ’ރަތް ބޮކި‘ ދިއްލިފައިވާ ކަމަށްވެސް ވިދާޅުވި އެވެ

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ބޮންޑެއް ނުވަތަ ލުއި ލޯނެއް ނަގައިގެންވެސް އެއްވެސް ޑޮލަރެއް ބޭރުން ގެނެވިފައި ނެތް ކަމަށާއި އެހެންކަމުން މި މައްސަލައިގައި މަޝްވަރާކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންޖެހޭ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *