ސިހުރު ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ.ފޭދޫ ހުދުވެލި 63 އަހަރުގެ މޫސާ ނައީމެވެ.
އޭމާ ހައްޔަރުކުރީ ސިހުރު ހެދުމާއި ސިހުރު ހދަން ބޭނުންކުރާ އާލާތްތައް ގެންގުޅުމުގެ ތުހުމަތުގައެވެ.
އޭނާގެ 15 ދުވަހަށް ޖަލު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، އޭނާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާކަަމަށް ބުނެއެވެ.
އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
އެހެންކަމުން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ، ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.






