ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ ގޮތުން އަމިއްލައަށް ވަކިވާން އެދުމުގެ ފުރުސަތު ހުޅުވާލިފަހުން ފެނަކައިން ފެނަކައިން ވަކިވާން 108 މުވައްޒަފުން އެދެފިއެވެ.
ފެނަކައިން އެކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިންއެވެ.
އިޔާޔަތްތައް ލިބޭގޮތަށް ފެނައިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި އެ ފުރުސަތުގެ ދަށުން ވަޒީފާއިން ވަކިވާ ފަރާތްތަކަށް ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޕްރޮގްރާމެއް ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. މަސައްކަތުގެ މާހައުލުގައި އިންސާފުވެރިކަން ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ބައެއް މުވައްޒަފުން ބުރަކޮށް މަސައްކަތްކުރާއިރު، އަނެއްބަޔަކު ހަމައެކަނި ހާޒިރީ ފުރިހަމަކުރުމަށް ފަހު އެނބުރި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.





