ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ މެޑިކަލް ޔުނިޓެއް ގާއިމް ކުރަނީ

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ މެޑިކަލް ޔުނިޓެއް ގާއިމް ކުރަނީ

ރާއްޖެގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ހެދޭނެ މެޑިކަލް ޔުނިޓެއް ގާއިމް ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ފަހަރަށް ލެވެލް ދޭއްގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން "މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އިން ފަށާފައިވާ ކަމަށެވެ.

"މި އުނިޓް ގާއިމް ކުރުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކުލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި މެޑިކޯ ލީގަލް ޕޯސްޓް މޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެެރެއިން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،"

މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ޝަރުއީގޮތުން ބަލަންޖެހޭ މަރުގެ މަރުގެ މައްސަލަ ތަލުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލު ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލާއިންސާނީ އަނިޔާތަކާއި، ބަންދުގައިތިބޭ މީހުންނަށް ކުރެވޭ އަނިޔާތައް ތަހުލީލު ކުރުމާއި، ޝަރުއީ އަދި އިންޝުއަރެންސް ބޭނުމަށްޓަކައި މީހަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށް ދިނުމުގެ ހިދުމަތްވެސް މި އުނިޓުން ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި އުނިޓް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބަޖެޓާއި، އެ ހިދުމަތްތައް ގާއިމްކުރަން ބޭނުންވާ ބިންވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ފޮރެންސިކް ތަހުލީލުތަކާއި، ޕޯސްޓް މޯޓަމްގެ ހިދުމަތްތަަކަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅުންހުރި ވަރަށް ހައްސާސް ހިދުމަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖޭން ފޮނުވި ކޭސްތަކާ ގުޅިފައި ވަނީވެސް މެޑިކޯލީގަލްގެ ހައްސާސް މައްސަލަތައް ކަމަށެވެ.

"އެހެންކަމުން މިފަދަ ހިދުމަތެއް ގާއިމް ކުރުމަށް ދުރާލާ ތައްޔާރުވެ، ދެމެހެއްޓިނިވި ގޮތެއްގައި ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭ، މިފަދަ ހިދުމަތެއް ރާއްޖޭގައި ތައާރަފް ކުރަންވާނީ އެންމެ ފެންވަރު ރަނގަޅު ގޮތުގައި ހިދުމަތް ފޯރުކޮށްދެވޭނެ އެންމެހާ ވަސީލަތްތަކާއި، އިންތިޒާމުތައް ފުރިހަމަވެގެން އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކަމާގުޅޭ ގަވައިދު އެކުލަވާލުން ލާޒިމްކުރޭ،"

އެހެންކަމުން ކަމާބެހޭ ގަވާއިދު މިހާރު އޮތީ ގެޒެޓް ކުރުމުގެ މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެ 10 އަހަރު ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވާފައިވަނީ 23 ހަށީގަނޑެއް ކަމަށެވެ. މި ހިދުމަތް ރާއްޖޭން ހޯދަން ކުރެވޭ ހަރަދަށްބަލާއިރު އިންޑިއާގެ ޓްރިވެމްޑްރަމްއަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓް މޯޓަމް ހަދަންހޯދަން ކޮންމެ މީހަކަށް 55،000 ރުފިޔާ ހޭދަވި ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *