މާލޭން ޓުޓިކޮރިންއަށް ދިޔަ ކާގޯ ބޯޓަކަށް ދިޔަވަނިކޮށް އިންޑިއާ ކޯސްޓް ގާޑުން ސަލާމަތްކޮށްފި

މާލޭން ޓުޓިކޮރިންއަށް ދިޔަ ކާގޯ ބޯޓަކަށް ދިޔަވަނިކޮށް އިންޑިއާ ކޯސްޓް ގާޑުން ސަލާމަތްކޮށްފި

މާލޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންއަށް ދަތުރުކުރި ކާގޯ ބޯޓެއްގެ ބައެއް ކޮމްޕާޓްމަންޓުތައް ފޫގޮސް، ބޯޓަށް ދިޔަވަމުން ދަނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން އެ ބޯޓު ސަލާމަތްކޮށްފިއެވެ.

އިންޑިއާގެ ކޯސްޓް ގާޑުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޮމޯރޯސްގެ ދިދާގައި ދަތުރުކުރި "އެމްވީ ސިއްތާ" ނަމަކަށް ކިޔާ މި ބޯޓު އެހީތެރިކަމަށް އެދުނީ ހޮނިހިރު ދުވަހު ޓެމިލް ނާޑޫގެ ޓިރުޗެންދޫރާ ދިމާލު ބޭރުން ދަތުރުކުރަނިކޮށް ދިޔަވާން ފެށުމުންނެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އިންޑިއާގެ ކޯސްޓް ގާޑުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓަށް ދިޔަވަމުން ދިޔައިރު އެންމެ އެތެރޭގައި ޕަމްޕު ޖަހައިގެން ދިޔަގަނޑު ހިންދަން މަސައްކަތްކޮށްފައިވެ އެވެ. 

މި ކާމިޔާބު މަސައްކަތަށް ފަހު ބޯޓު ޓުޓިކޮރިންއަށް ދަތުރުކުރުމަށް އެންގި ކަމަށާއި އެ ބަނދަރުގައި ބޯޓު ރަނގަޅަށް މަރާމާތުކުރެވޭނެ ކަމަށް ވެސް ކޯސްޓް ގާޑުން ބުނެފައިވެ އެވެ.

މެރިން ޓްރެފިކް މޮނިޓަކުރާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި 'އެމްވީ ސިއްތާ' މާލެއިން ފުރީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 9:57 ގަ އެވެ. ޖެނެރަލް ކާގޯ އުފުލާ މި ބޯޓަކީ ދިގުމިނުގައި 57.52 މީޓަރު (188 ފޫޓް) އަދި ފުޅާމިނުގައި 10 މީޓަރު (33 ފޫޓް) ހުންނަ އުޅަނދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *