ދުންފަތުން ދުރުހެލި ޖީލެއް ބިނާ ކުރެވޭނީ ސިނގިރޭޓްގެ އަގު ކުޑަ ކޮށްގެން: ޝަމީޒު

ދުންފަތުން ދުރުހެލި ޖީލެއް ބިނާ ކުރެވޭނީ ސިނގިރޭޓްގެ އަގު ކުޑަ ކޮށްގެން: ޝަމީޒު

ދުންފަތުން ދުރުހެލި ޖީލެއް ބިނާ ކުރެވޭނީ، ސިނގިރޭޓް ވިއްކާ އަގު އަދިވެސް ކުޑަކުރެވިގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ވިދާޅުވެއްޖެއެވެ.

ޝަމީޒު މިހެން ވިދާޅުވީ، ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓްގެ ޑިއުޓީ، 30 ޕަސެންޓަށް އަދި ސިނގިރޭޓަކުންނާއި، ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުހެޅި ބިލުގެ ކޮމިޓީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ޝަމީޒު ވިދާޅުވީ، ގާނޫނަށް ބަދަލުގެނެސް މީގެކުރިން ސިނގިރޭޓްގެ ޑިއުޓީ އަށް ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ ވަރަށް މާތް މަގުސަދެއްގައި، މި ގައުމުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށް ކަމަށެވެ.

ނަމަވެސް އެ ބަދަލާ ގުޅިގެން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް އިތުރު ވަމުން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.

ސިނގިރޭޓްގެ އަގ ކުޑަކުރަން މަޖިލީހަށް ބިލެއް އަންނަންޖެހުނީ އެކަމުގެ ސަބަބުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހުށަހެޅުމަކީ ބިލުގައިވާ 30 ޕަސެންޓް ޑިއުޓީ މިއަށްވުރެވެސް ކުޑަކޮށް، އަދި ހަތަރު ރުފިޔާއަށް ސިނގިރޭޓެއްގެ ބަދަލުގެ ގޮތުގައި 3.50 ލާރިއަށް ސިނގިރޭޓެއް ލިބޭ އަގަށް ކުޑަކުރުން ދުންފަތުން ދުރުހެލި ޖީލެއް ބިނާ ކުރެވޭނީ އެގޮތަށް،"

ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބިލް ފާސްކުރިއިރު، ޝަމީޒް އެ އިސްލާހެއް ނާޅުއްވައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *