މާލޭއިން މުދާ ބަރުކޮށްގެން ފުރަން އުޅުނު ދޯންޏެއް ޓީ-ޖެޓީއަށް އަޑިއަށް ހިނގައްޖެ އެވެ.
އަޑިއަށް ގޮސްފައިވަނީ ”ކުރިމަގު“ ނަމަކަށް ކިޔާ ދޯންޏެވެ.
ފުލުހުން ބުނީ މިރޭ 7:31 އެހާކަންހާއިރު އެ ދޯނި ފެތުނީ މާލެއިން މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީ-ޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ދޯނި ނެގުމަށް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.






