ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެ

ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެ

އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެއެވެ.

އެ ހާދިސާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހަންޏާމީދޫ ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ސިކުނޑީގައި ކުޑަ އުނިކަމެއް ހުންނަ އުމުރުން 13 އަަހަރުގެ އެ އެކުއްޖާ ބަނދަރު ސަރަހައްދަށް ދިޔައީ އެކުއްޖާގެ ކާފަމެންނާއެކު، ބަނދަރުގައި ހުރި ޕާކުތެރޭގައި ހުރި ރުކަކުން ކުރުނބާ އެޅުމަށް ކަމަށްވެސް ބުންޏެވެ. އަދި ކުރުނބާ އަޅަން އުޅުނުއިރު ކާފަމެން ގާތަށް އަންނަން ބުނީމަ އެކުއްޖާ ބަގީ ކައިރީގައޭ ހުންނާނެ ކަމަށް ބުނި ކަމަށާއި، ނަމަވެސް އެމީހުން ކުރުނބާ އަޅަން މަސްއޫލުވި ވަގުތު އޭނަ ބަގީއަށް އަރައި ދުއްވާލީ ކަމަށްވެސް ބުންޏެވެ.

ބާރު ސްޕީޑުގައި ގޮސް އެކުއްޖާ ޖެހުނީ އެވަގުތު ފަޅުގައި އޮތް ޑައިވިން ދޯންޏެއްގައި ކަމަށާއި އެކުއްޖާ އާއި ބަގީ މޫދަށް ވެއްޓުމުން އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން އެކުއްޖާ ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަީ ކަމަަށްވެސް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *