އދ. ހަންޏާމީދޫގައި ރަށުޕިކަޕަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.
އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި ނިޔާވެފައިވަނީ ހަންޏާމީދު/ ޑެއިޒީވިލާ، އަލީ އަނަސް ބިން މުހައްމަދު އަރީޝް ނަމަކަށް ކިޔާ 13 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ޖަނާޒާ ރޭ ވަނީ ބާއްވައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ރަށުގެ ބަނދަރު ސަރަހައްދުގައި ތަޅުދަނޑި ޖަހާފައި އޮތް ރަށުޕިކަޕަކަށް ކުއްޖާ އަރައި އޭތި ސްޓާޓްކޮށް ދުއްވާލި ތަނާ ގޮސް މޫދަށް ވެއްޓިގެންނެވެ.
ރަށުޕިކަޕާއެކު ކުއްޖާ މޫދަށް ވެއްޓުނު ވަގުތު ދޯންޏެއްގަައި ޖެހި ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.






