އީވޯޓިން ނިޒާމު ގެންނާކަށް ނޫޅޭ، އިދިކޮޅުން ހަދަނީ ދޮގު

އީވޯޓިން ނިޒާމު ގެންނާކަށް ނޫޅޭ، އިދިކޮޅުން ހަދަނީ ދޮގު

އީ-ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނަން ނޫޅޭ ކަމަށާއި އިދިކޮޅު ފަރާތްތަކުން ހަދަނީ ދޮގު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ "މޯލްޑިވްސް 2.0″ މަޝްރޫޢުގެ މައިގަނޑު އަސާސަކީ ވޯޓުލާ ގޮތް ބަދަލުކުރުން ނޫން ކަމަށާއި އެ ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުން ކަމަށެވެ.

"ހަމަ ގައިމު ވެސް ވޯޓުލުން ޑިޖިޓަލްކުރަން ވެގެން ކުރާ ކަމެއް ނޫން މިއީއެއް. އަޅުގަނޑުމެން ނޫޅެން މޯލްޑިވްސް 2.0ގެ ތެރެއިން ރާއްޖޭގައި ވޯޓުލާ ގޮތް އީ-ވޯޓިންއަކަށް ބަދަލުކުރާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ހުށަހަޅާނެ އެއްޗެއް ނެތުމުން ކުރާހާ ވެސް ކަމަކީ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުން ކަމަށެވެ. އެގޮތުން އީ ވޯޓިން ނިޒާމު ގެންނަން އުޅޭ ކަމަށް ފެތުރީ ވެސް އެފަދަ ދޮގެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުގެ އަތުގައި ނެތީ ރައްޔިތުންނަށް އޮފާކުރާނެ އެއްވެސް އެއްޗެއް. އެ މީހުންގެ ކަމަކަށް އޮންނަނީ އަބަދު ވެސް ދޮގުހެދުން. އެ ގޮތަށް ހަދާލި ދޮގެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

  • ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދައުލަތުންދޭ ޚިދުމަތްތަކުގެ ތެރެއަށް އިންސާނުން ވަންނަންޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ. އަދި ޚާއްޞަކޮށް ޕްރޮކިއުމަންޓް ނިޒާމާއި އެކިކަހަލަ ޚިދުމަތްތައް ތަރުތީބުކުރުމުގައި އިންސާނުންގެ ދައުރު ބޮޑުވުމުން، އަމިއްލަ ބޭނުމަށް ކަންކަން ބަދަލުކުރުމުގެ ފުރުސަތު އޮންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *