ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ނުވިކިގެން އަލުން ނީލަމަށް ހުޅުވާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ނުވިކިގެން އަލުން ނީލަމަށް ހުޅުވާލައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ނުވިކިގެން، އަލުން ނީލަމަށް ހުޅުވާލައިފި އެވެ.

މި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާލަން ފުލުހުން ފުރަތަމަ އިއުލާން ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ އިއުލާނުގައި ބުނީ، ހަ ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން، ނީލަމުގައި ވިއްކާލަން ބޭނުންވާ ހުއިފިލަނޑާގެ ބާވަތްތަކަކީ މުށި، ހޮޅި، ކަރީ ފިޝް، ހުދު ބަޓް، ކަޅު ބަޓް އަދި އަލަނާސި އެވެ. އެ އިން ކޮންމެ ވައްތަރެއް ވެސް ވިއްކާ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 300ރ. އެވެ.

އެ އިއުލާނުގެ ސުންގަޑި މި މަހުގެ 17 ވަނަ ދުވަހަށް ހަމަވެފައިވާއިރު، ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން ނީލަމަށް ހުޅުވާލާ ކަމަށެވެ.

ފުލުހުން ވަނީ އެ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ފުރިހަމަކުރުމަށް ފަހު، އައިޑީކާޑުގެ ކޮޕީއެއް ފުލުހުންގެ އީމެއިލަށް ފޮނުވުމަށް އެދިފަ އެވެ. އެ މެއިލް ލިބުމުން އެ މީހަކަށް ނީލަމުގައި ރަޖިސްޓަރީވިކަމުގެ މެއިލް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ނީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ފުލުހުން ބުނީ ނީލަމަށް ރަޖިސްޓްރީ ކުރަން ދީފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެެވެ. ނީލަން ކުރިއަށް ގެންދަނީ ދޫނިދޫގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *