ސިޔާސީ ފިކުރަށް ބަލައި އެއްވެސް މީހަކަށް ފިޔަވަޅު އަޅައިފައި ނުވާނެ: މިނިސްޓަރު

ސިޔާސީ ފިކުރަށް ބަލައި އެއްވެސް މީހަކަށް ފިޔަވަޅު އަޅައިފައި ނުވާނެ: މިނިސްޓަރު

ސިޔާސީ ފިކުރުގެ ސަބަބުން ތައުލީމީ ދާއިރާގެ އެއްވެސް މުވައްޒިފަކަށް ފިޔަވަޅު އަޅައިފައި ނުވާނެ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަނ،ް ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކުރީ ސިޔާސީ ފިކުރުގެ ސަބަބުން އެ ދާއިރާގެ މުވައްޒަފުންނަށް ކުރީ ސަރުކާރުން ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް، އެއްވެސް މުދައްރިސަކަށް، އަދި އެއްވެސް ޕްރިންސިޕަލަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައިސް އެމަނިކުފާނު މަގާމާ ހަވާލުވިއިރު، 23 ވަރަކަށް ޕްރިންސިޕަލުން ތިބީ އެމީހުން ތިބެންޖެހޭ ރަށްރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައި ކަމަށެވެ. މިހާރު އެހުރިހާ ކަމެއް ރަނގަޅުކޮށް އެ މުވައްޒަފަކު ހުންނަންޖެހޭ ތަނެއްގައި ބަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވަކި ސިޔާސީ ފިކުރެއްގައި ތިބުމުން ފިޔަވަޅު އަޅާފައިވާ ކަމަށް ޓީޗަރުންގެ ފަރާތުން 200 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *