އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފައްދާފައިވާ ޔޫނިއަންގެ މައްސަލަ ރެޖިސްޓްރާއަށް ހުށަހަޅާނަންް: މިނިސްޓަރު

އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފައްދާފައިވާ ޔޫނިއަންގެ މައްސަލަ ރެޖިސްޓްރާއަށް ހުށަހަޅާނަންް: މިނިސްޓަރު

އިސްކަންދަރު ސްކޫލުގެ ޓީޗަރުން އުފައްދާފައިވާ، އިސްކަންދަރު ވޯކް ޔޫނިއަންގެ މައްސަލަ ރަޖިސްޓްރާ އޮފް ޔޫނިއަންސް އަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުން ގެންދަވާކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާއެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިސްކަންދަރު ވޯކް ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގޭނެ ކަމަށ،ް އެ ސްކޫލް ޕްރިންސިޕަލް އަންގަވާފައިވާ މައްސަލައިގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި ދައުލަތުގެ، ނުވަތަ ދިވެހި ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް، ނުވަތަ އެފަދަ ނަމަކާ އޮޅުން އަރައިފާނެ ނަމެއް، ޔޫނިއަންއަކަށް ނުކިޔޭނެ ކަމަށް، ކަމާބެހޭ ގާނޫނާއި ގަވާއިދުގައި ބުނާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާއްމު ކުންފުނިތަކާއި އިދާރާތަކާ ހިލާފަށް ސްކޫލް މަދަރުސާތަކަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށާއި، ސްކޫލް ތަކަކީ ހާއްސަ ހިފެހެއްޓުންތަކެއް ހުންނަތަންތަން ކަމަށެވެ. އަދި ސްކޫލް ތަކަކީ ވަރަށް ގިނަ ބައެއްގެ އިހްސާސްތަކާއި ހިތާ ގުޅިފައިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މުދައްރިސުންގެ ހައްގުތައް ހިމާޔަންކޮށް މުދައްރިސުންގެ ފަރާތުން އަޑު އުފުލައި ވަކާލާތު ކުރުމަށްޓަކައި ޓީޗާސް އެސޯސިއޭޝަން ކިޔާ ޖަމްއިއްޔާއެއް އެކުލަވާލާފައިވާ ކަމަށާއި އެ ޖަމްއިއްޔާގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ކަމާބެހޭ ގާނޫނާއި ގަވާއިދު އެހެން އޮތުމުން އިސްކަންދަރުގެ ނަން ނުވަތަ މަޖީދިއްޔާ، އަމީނިއްޔާ، ނުވަތަ އެހެންވެސް ސްކޫލެއްގެ ނަން ބޭނުން ކޮށްގެން ޔޫނިއަނެއް ރަޖިސްޓްރީ ކުރެވިދާނެ ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެެހެންކަމުން މިނިސްޓަރު ވިދާޅުވީ، އިސްކަންދަރުގެނަން ބޭނުން ކޮށްގެން އެ ޔޫނިއަން ރެޖިސްޓްރީ ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމާގުޅިގެން އެ ޔޫނިއަންގެ މައްސަލަ ރެޖިސްޓްރާއަށް ހުށަހަޅަން ދަނީ ތައްޔާރު ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *