މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް

ފާއިތުވި ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން އެނގޭ ގޮތުގައި، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ބަލި ހުއްޓުވުމަށާއި، ބަލި ދެނެގަތުމަށް އެ އެޖެންސީއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

މީގެއިތުރުން ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށާއި، ރިޕޯޓުކުރުމަށް ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ޤާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި، އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މީގެއިތުރުން، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް އެ އިދާރާއިން އިރުޝާދު ދެއްވައެވެ. ހަމައެހެންމެ ބަލީގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެ އިދާރާއިން ލަފާދެއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *