ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެއެވެ.
އޭނާ ވެއްޓިފައިވަނީ އަމާން ދޯދި ފަސް ވަނަ ފްލެޓްގެ ދެވަން ބުރިންނެވެ. މިހާރު އޭނާއަށް ފަރުވާދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާއަށް ލިބުނު އަނިޔާތަކުގެ މާބޮޑު ތަފްސީލެއް ލިބިފައިނުވާއިރު މި ކަމާ ގުޅިގެން ފުލުހުން ރަސްމީ ބަހެއް އަދި ނުބުނެއެވެ.






