ފާޑުކިޔުންތަކަށް މެސީ ރައްދު ދިނީ ދެގޯލުން، ޗެމްޕިއަން އާޖެންޓީނާ ދެވަނަ ބުރަށް

ފާޑުކިޔުންތަކަށް މެސީ ރައްދު ދިނީ ދެގޯލުން، ޗެމްޕިއަން އާޖެންޓީނާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް 'ޖޭ' ގައި މިރޭ އޮސްޓްރިއާ 2-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށް، ލިއޮނަލް މެސީ ވޯލްޑް ކަޕް ތާރީޚުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފިއެވެ.

އެމެރިކާގެ އާލިންގޓަންގައި ހުންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އޮސްޓްރިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނެވެ. މެޗުގެ ގޯލުތައް ފެނިގެންދިޔައީ 38 ވަނަ މިނެޓާއި 90+5 ވަނަ މިނެޓުގައެވެ.

މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އުމުރުން 39 އަހަރުގެ މެސީއަށެވެ. މިއީ އޭނާގެ ރެކޯޑް 6 ވަނަ ވޯލްޑް ކަޕެވެ. މި މެޗާއެކު އޭނާގެ ވޯލްޑް ކަޕް ގޯލުގެ އަދަދު 18 އަށް އެރީ، ދެވަނައިގައި އޮތް ކްލޯސާ (16 ގޯލު) އާއި ބްރެޒިލްގެ ރޮނާލްޑޯ (15 ގޯލު) ފަހަތަށް ޖައްސާލައިފައެވެ.

މި މޮޅާއެކު އާޖެންޓީނާއަށް ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނައިގައި ގަދަ 32 އަށް ދަތުރުކޮށްފައިވާއިރު، އޮސްޓްރިއާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ގައި އާޖެންޓީނާ ނުކުންނާނީ އުރުދުންއާ ދެކޮޅަށެވެ. އޮސްޓްރިއާ ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށް ކަމަށްވާއިރު، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް އެ މެޗުން މޮޅުވުން އޮސްޓްރިއާއަށް ކޮންމެހެން މުހިންމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *