ތިން އަހަރުގެ އާ މަޝްރޫއުތަކަށް ސަރުކާރުން 2.5 ބިލިއަން ކަނޑައަޅައިފި

ތިން އަހަރުގެ އާ މަޝްރޫއުތަކަށް ސަރުކާރުން 2.5 ބިލިއަން ކަނޑައަޅައިފި

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ އާ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އެކަމާބެހޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއްވެސް ނެރެފައެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ، "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ދަށުން މިނިސްޓްރީތަކުން ކުރިއަށްއޮތް ތިންއަހަރު (2027 އިން 2029ވަނަ އަހަރު)ގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހަޅަން ފުރުަތު ހުޅު ހުޅުވާލާފައިވާކަމަށެވެ.  އެހެންކަމުން ވަކިވަކި މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ސަރކިއުލާގައި 2.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ އުމްރާނީ ތަރައްގީގެ ކަންކަމަށެވެ. އެކަމަށް ދެ ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކިއެކި ކަންކަމަށް 500 މިލިޔަން ރުފިޔާގެ ސީލިންއެއް ކަނޑައަޅާފައިވެއެވެ.

ސާކިއުލާގައިވާ ގޮތުން 2027-2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޑަލް މެދުވެރިކޮށް މިނިސްޓްރީ ތަކުން ހުށަހަޅަން ޖެހެއެވެ.

ބަޖެޓުގައި ހިމަނާ އާ ކަންކަން ވާން ޖެހޭނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކަށް ބިނާކޮށް ކަމަށެވެ. އަދި ގާނޫނަކުން ނުވަތަ އެއްބަސްވުމަކުން އެކަމެއް ކުރުމަށް ލާޒިމް ކުރާ ކަންކަން ވެސް އާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭނެކަމަށް ވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އާ ކަންކަން މިންތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުން ހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން ބަޖެޓިންގެ މަސައްކަތްތައް ކުރިއަށްއޮތް ތިން އަހަށް އެކުލަވާލާ ބަޖެޓްގައި ޕައިލެޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށާއި އެކަމާ ގުޅުން ހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މަޝްރޫއަކީ "ކްލައިމެޓް ރިލެވެންޓް" ޕްރޮޖެކްޓެއްކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *