ފްލެޓާއި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުމުގެ މަރުހަލާ ފަށައިފި

ފްލެޓާއި ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުމުގެ މަރުހަލާ ފަށައިފި

ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ އިދާރާތަކުގެ ރެކޯޑުތަކާ އަޅައިކިޔައިގެން ކަށަވަރުކުރުމުގެ މަސައްކަތް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތުގެ ދަށުން ހުޅުވައިލި ފުރުސަތުގެ މުއްދަތު މި ހިނގާ މަހުގެ 15ވަނަ ދުވަހަށް ހަމަވިއިރު، ފަސްދޮޅަސް ހާހާ ގާތްކުރާ އަދަދަކަށް އެޕްލިކޭޝަން ވަނީ ލިބިފައެވެ. އެގޮތުން، ޖުމްލަ 58،505 ފޯމު ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓް ހޯދުމަށް އެދިފައިވާ 35،930 ފަރާތަކާއި ގޯއްޗަށް އެދިފައިވާ 22،575 ފަރާތެއްގެ ފޯމެވެ. މި ހުރިހާ ފޯމެއްގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ބިޔަ މަޝްރޫޢުގެ ތެރެއިން އެކި ކެޓަގަރީތަކަށް ބަހާލައިގެން 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ އަސްލު ރަށްވެހިންނަށް ޚާއްސަކުރެވިފައިވާ 4،000 ފްލެޓާއި، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ މީހުންނަށް ދޭ 1،500 ފްލެޓްގެ އިތުރުން އެހެނިހެން ޚާއްސަ ގިންތިތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރެއިން 15،000 ގޯތި އެންމެ ފުރަތަމަ ފިޔަވަހީގައި ހަވާލުކުރެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *