އަދަދުގެ މުދާތައް ދޫކޮށްދޭން އެދި ކޯޓު އަމުރަކަށް ހުށަހަޅައިފި

އަދަދުގެ މުދާތައް ދޫކޮށްދޭން އެދި ކޯޓު އަމުރަކަށް ހުށަހަޅައިފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލައިގެ ތަހުގީގަށް އެ ނޫހުގެ އިދާރާއަށް ފުލުހުން ވަދެގެން ގެންދިޔަ މުދާތައް ދޫކޮށްދިނުމަށް ކޯޓު އަމުރެއް ހޯދަން އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި މިދިޔަ އޭޕްރީލް މަހުގެ 27 ގައި، ފުލުހުން އަދަދު ނޫހުގެ އިދާރާއަށް ވަދެ، ލެޕްޓޮޕްތަކާއި ނޫހުގެ މަސައްކަތް ކުރަން ގެންގުޅުނު އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ގެންގޮސްފައެވެ.

ނަމަވެސް އޭގެ ފަހުން ދޮޅު މަހަށްވުރެ ގިނަ ދުވަސްވީ އިރުވެސް އެ ތަކެތި އަނބުރާ އަދަދު ނޫހަށް ރައްދުކޮށްފައެއް ނުވެއެވެ.

އެހެންކަމުން އަަދަދުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅީ އެމުދާތައް އަނބުރާ ހޯދުމުގެ އަމުރަކަށް އެދިއެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން އެ މައްސަލައާ ގުޅުންހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *