މެސީއަކީ ފުޓްބޯޅައިގެ މުޅި ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރޮނާލްޑޯ ބުނެފި

މެސީއަކީ ފުޓްބޯޅައިގެ މުޅި ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރޮނާލްޑޯ ބުނެފި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެ ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް، ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ، އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.

ރޮނާލްޑޯ މިހެން ބުނީ ވޯލްޑް ކަޕްގައި އަލްޖީރިއާ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ދެއްކި މޮޅު ކުޅުމަށް ފަހުގައެވެ. އެ މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދައި، އޭނާގެ ފެންވަރު ދުނިޔެއަށް ސާބިތުކޮށްދީފައެވެ. ރޮނާލްޑޯ ސިފަކުރި ގޮތުގައި އެ މެޗަކީ ފުޓްބޯޅަ މެޗަކަށްވުރެ ބޮޑަށް ކުރެހުމެއް ފަދަ ފުރިހަމަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލަން ސަން ސީރޯ ސްޓޭޑިއަމްގައި ހުރެ "މުންޑޯ ޑިޕޯޓީވޯ" އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، މެސީއާ މެދު އިތުރަށް ބަހުސްކުރާނެ ޖާގައެއް މިހާރު ނެތް ކަމަށެވެ. އަދި މެސީއާ މެދު ޝައްކުކުރާ މީހުން މިހާރު އެ ޙަޤީޤަތް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މެޗުގައި މެސީ ޖެހި ތިން ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތް މިރޮސްލާވް ކްލޯސާއާ އެއްވަރުކޮށްފައެވެ. މެސީގެ ވޯލްޑް ކަޕް ލަނޑުގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ. މިއާއެކު، ގާތްގަނޑަކަށް 20 އަހަރު ވަންދެން އެ ލިސްޓުގެ ދެވަނައިގައި ރޮނާލްޑޯ ހިފަހައްޓަމުން އައި ރެކޯޑް މެސީ ވަނީ މުގުރާލާފައެވެ.

އަމިއްލަ ރެކޯޑް މުގުރާލި ނަމަވެސް، ރޮނާލްޑޯ އެކަން ބަލައިގަތީ ވަރަށް އުފަލާއެކުގައެވެ. އޭނާ ބުނީ "މެސީ ދަނޑަށް އަރާ ކޮންމެ ފަހަރަކީ ތާރީޚީ އަދި ހިތްގައިމު ކަމެއް ފެނިގެންދާ ފަހަރެއް" ކަމަށެވެ. އަދި މެސީއަކީ ހުރިހާ ޒަމާނެއްގެ އެންމެ މޮޅު ކުޅުންތެރިޔާކަން ގަބޫލު ކުރުމަށް ދުނިޔެއަށް ގޮވާލަމުން ރޮނާލްޑޯ ބުނީ، މިއީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ރެއެއް ނޫން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *