އޮޅުވާލައިގެން ފަސް އަހަރު ޓީޗަރެއްގެ ނަމުގައި މުސާރަ ނެގި މައްސަލައެއް އޭސީސީން ބަލަން ފަށައިފި

އޮޅުވާލައިގެން ފަސް އަހަރު ޓީޗަރެއްގެ ނަމުގައި މުސާރަ ނެގި މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ޓީޗަރެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގަމުން ދިޔަ ހިޔާނާތުގެ މައްސަލައެއްގެ ތަހުގީގު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ތެރޭގައި ހިންގި ހިޔާނާތެކެވެ. އެ ހިޔާނާތުގައި މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުން ދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ހިމެނޭ ކަމަށްވެއެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފައެވެ.

އޭސީސީން ބުނީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމާބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލައިގައި ވަޒީފާ އިން ވަކިކުރަން ނިންމާފައި ވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.

އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވުމަށް ފަހު، އެ ބިދޭސީމީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮތް ތަފާތު މީސް މީހުންގެ އެކި އެކައުންޓުތަކަށް ފޮނުވަމުން ދިޔަ ކަމަށް އެ ފަރާތްތަކަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެ ގޮތަށް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ފައިސާ އެ ބިދޭސީ މުވައްޒަފުގެ ނަމުގައި މުސާރައިގެ ގޮތުގައި ނަގާފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *