އިއްޔެ 25 އަހަރަށް ޖަަލަށްލުމަށް ހުކުމް ކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ކުރެއްވި ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހްސާން ދޮގު ކުރައްވައިފިއެވެ.
ޝަމްއާން އިއްޔެ ވަނީ އޭނާއަށް އުފުލާފައިވާ ދައުވާތަކަކީ ހޯމް މިނިސްޓަރު އަލީ އިހްސާން އަޑީގައި ހުންނަވައިގެން އޭނާ ފްރޭމް ކުރުމަށް އުފުލި ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އަގު ނަގައިގެން މިނިސްޓަރު ކޯޓާ ވިއްކި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ހުކުމް އިއްވުމުގެ ކުރިން ޝަމްއާން އިއްޔެ މީޑިއާއަށް ބުނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްކޮށް އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ. އެ ކަންތައް ފެށީ ހޯމް މިނިސްޓަރު އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައި ހިސާބުން ކަމަށްވެސް ބުންޏެވެ.
ޝަމްއާން ބުނީ ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވީ އެ ހިސާބުން ކަމަށެވެ.
އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ނުހުންނެވުމަކީ ރައީސަށްވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށްވެސް ތުހުމަތުކުރިއެވެ.
ޝަމްއާން ބުނީ މިނިސްޓަރު އިހުސާނު ލައްވާ ބަންގުލަދޭޝްގެ ވޯކް ޕާމިޓް އެޕްރޫވްކޮށް ކޮންމެ ކޯޓާއަކަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަން ޔަގީން ކޮށްފައިވާނެ ކަމަށެވެ.
ޝަމްއާނަށް ކުރާ ތުހުމަތުތަކާއި ގުޅުންހުރި ބިދޭސީ މީހާ ދޫކޮށްލީވެސް ސީދާ މިނިސްޓަރު އިހުސާންގެ އެންގުމަށް ކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ހިނގަމުން ދާތީ މިކަމާ ގުޅުން ހުރި ވާހަކަތައް ދައްކަން ކުރިން އުނދަގޫވި ކަމަށާއި، މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކަށް ހޯމް މިނިސްޓަރު އިހުސާން އަމިއްލަފުޅަށް ގުޅުއްވިކަން އެ މީހުންގެ ވާހަކަ ތަކުން އެނގޭ ކަމަށްވެސް ބުންޏެވެ.
އޭނާއަށް ކުރި ދައުވާތަކުގައި ދައުލަތުން ހުށަހެޅި ހެއްކެއް ޝައްމާންއާ އެއްކޮޅަށް ހެކި ދީފައި ވަނިކޮށް އެ ހެކިވެރިޔާއަށް ލުއި ދޭނެ ކަމަށް ބުނެ ދައުލަތުން އެ ހެކިވެރިޔާއާ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝަމްއާން ތުހުމަތު ކުރިއެވެ.
ޝަމްއާން ވަނީ އޭނާގެ މައްޗަށް ހިންގި ޝަރީއަތަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން ރޭވިގެން އޭނާއާ ދެކޮޅަށް ހިންގާ ޝަރީއަތެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިއާއަށް ތިލަކޮށްދީފައިވާނެ ކަމަށެވެ.
"ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން. މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު. މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" އިހުސާން ވިދާޅުވިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ ސާބިތުވެ އޭނާ އިއްޔެ ވަނީ 25 އަހަރަށް ޖަލަށް ލައިފައެވެ.