ހިޔާ ސަރަހައްދުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިޔާ ސަރަހައްދުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ފޭސް 2 އެއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތިރީ ބައިން ވިޔަފާރި ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެ ސަރަހައްދުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ. މި ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުންނެވެ.

މި އިއުލާނާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮމާޝަލް ޔުނިޓްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ އެކެކެވެ. މި ޔުނިޓްތަކުގައި އެކި ކަހަލަ ވިޔަފާރިތަކާއި ޚިދުމަތްތައް ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތާއި، ފިހާރަތަކުގެ އިތުރުން އެހެނިހެން ޒަރޫރީ ޚިދުމަތްތައް ހިމެނެއެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތާއި، ބީލަން ހުށަހަޅަންޖެހޭ އުސޫލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި ގެޒެޓުން މިހާރު ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހަރު ދޫކުރާ ޔުނިޓްތަކުގެ ސަބަބުން ހިޔާ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *