ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުންމޫސާ ޒަމީރު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓަރު ޒަމީރު އިސްތިއުފާދެއްވިކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޔަގީން ކޮށްދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އެންމެ ފުރަތަމަ މޫސާ ޒަމީރު އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރު ކަމުގެ މަގާމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނަވާ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފިނޭންސް މިނިސްޓާރު ކަމުގެ މަގާމަށް ޒަމީރު އައްޔަންކުރެއްވިއެވެ.
އޭގެފަހުން މިއަހަރު ރައީސް ވަނީ ސަރުކާރުގެ މިނިސްޓްރީތަށް މަދުކުރައްވައި ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވާފައެވެ. އެއާއެކު މާލީ ކަންކަމާ ސަރުކާރުގެ ކުންފުނިތަކުގެ މަގާމަށް މޫސާ ޒަމީރު އައްޔަން ކުރެއްވިއެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޒަމީރުވެސް ހާމަ ކުރައްވާފައި ނުވެއެވެ.





