ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން ބޮޑު ތަފާތަކުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެ އިންތިހާބުން ކުރި ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. މި އިންތިހާބުގައި ސޯބެ އާ ވާދަކުރެއްވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ.
މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގައި ޖުމްލަ 2،563 މީހުން ވޯޓުލިއެވެ. އޭގެ ތެރެއިން 1،370 މީހުންނަކީ އަންހެނުންނެވެ. އަދި ވޯޓުލީ ފިރިހެނުންގެ އަދަދަކީ، 1،193 އެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ނިންމުން ނިންމީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމުންނެވެ.





