ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ

އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެ ޢީދު ފާހަގަކުރުމާ ގުޅޭ މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން ފަށާފައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން އުފާވެރި މާޙައުލެއްގައި ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމެވެ.

ޝަހީމް ވިދާޅުވިގޮތިގައި، މި ޕްލޭންގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް ވަކިން ޚާއްޞަ އަދި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ވެސް މި ޕްލޭންގައި ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި މިކަމަށްޓަކައި، ސަޤާފަތާއި ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *