ސޯބެގެ ކެމްޕޭނަށް، ޝާހިދު އައްޑޫއަށް

ސޯބެގެ ކެމްޕޭނަށް، ޝާހިދު އައްޑޫއަށް

‏އަންނަ ހޮނިހިރު ދުވަހު އޮންނަ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ⁦‪އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު )ސޯބެ( ގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ..

ޝާހިދު އައްޑޫ ސިޓީއަށް ވަޑައިގެންނެވިއިރު، ޝާހިދާއެކު ކެމްޕޭން ޓީމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އާއި ޑެޕިއުޓީ ޕީޖީ ލީޑަރު ދީދީގެ އިތުރުން އެމްޑީީގެ އިސް ސަފުގައި ހަރަކާތްތެރިވާ އިތުރު ބޭފުޅުންވެސް ވަޑައިގެންނެވިއެވެ.

ޝާހިދު ވިދާޅުވީ، މިއަދު އައްޑޫ ސިޓީގައި އޮންނަ ސޯބެގެ ކެމްޕޭން އިވެންޓުގެ އިތުރުން މިރޭ އޮންނަ ކެމްޕޭން ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޝާހިދުވަނީ މި އިންތިޚާބުގައި ސޯބެއަށް ވޯޓު ދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޝާހިދު ވިދާޅުވީ، ހޮވަންވީ އައްޑޫ ދަންނަ، އަދި ނަތީޖާ ނެރެދީފައިވާ ކެންޑިޑޭޓެއް ކަމަށާއި، އަދި ވަރުގަދަ ލީޑަރެއް ކަމަށެވެ. އެ ކެންޑިޑޭޓަކީ ސޯބެ ކަމަށާއި، އެހެންވެ ސޯބެ އެ ގޮނޑިއަށް އިންތިޚާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *