މެންބަރުން ހަމަނުވުމުން ނަޝީދު އުފެއްދި ދަ ޑިމޮކްރެޓްސް އުވާލައިފި

މެންބަރުން ހަމަނުވުމުން ނަޝީދު އުފެއްދި ދަ ޑިމޮކްރެޓްސް އުވާލައިފި

"ދަ ޑިމޮކްރެޓްސް" އާއި "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) މިއަދު އިލެކްޝަންސް ކޮމިޝަނުން (އީސީ) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީއެއް ރަޖިސްޓްރީވެފައި އޮތުމަށް ބޭނުންވާ މަދުވެގެން 3,000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވިއިރު، އެ އަދަދު ހަމަނުވުމުން އެ ދެ ޕާޓީ ދަފުތަރުން އުނިކުރަން ނިންމާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން 12 ޖުލައި 2023 ގައި އުފެއްދި ޕާޓީއެކެވެ.

އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރާއެކު އުފެއްދި މި ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އިލްޔާސް ލަބީބް ވާދަކުރައްވައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ނަމަވެސް، މި އަހަރުގެ ކުރީކޮޅުން ފެށިގެން އެ ޕާޓީގެ ބާނީންނާއި އިސް ސަފުގެ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މިހާރު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ހުންނެވި ރައީސް ނަޝީދު ވަނީ، މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި "ބޮޑު ބަދަލު"ގެ ނަމުގައި ވާދަކުރައްވަން ނިންމަވާފައެވެ.

އަދި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *