ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލު އަޔަސް، އެސްޓީއޯ އިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބާޒާރުގައި ފިޔާ ވިއްކާ އަގު އުފެލެމުންދާ މި ދަނޑިވަޅުގައި އެ ކުންފުނިން މިހެން ބުނީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން މިހާރުވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ފިޔާ ލިބެން ހުރި ކަމަށެވެ. އަދި ފިޔާ ވިއްކާ އަގަށް ބަދަލު ނުގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ފިޔާގެ ސްޓޮކް އެބަހުރި ކަމަށާއި، އިތުރަށް ބޭނުން ވެއްޖެ ހާލަތެއްގައި ކުރިން ވެސް ގެންނަ އުސޫލުން ފިޔާ އެތެރެ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ބާޒާރުގެ ބައެއް ފިހާރަ ތަކުން ފިޔާ ކިލޯއެއް 25 ރުފިޔާ އިން މަތީގައި ވިއްކަމުންދާ ނަމަވެސް، އެސްޓީއޯ އިން މިވަގުތުވެސް ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާ އަށެވެ.





