އުތުރަށް ބޯކޮށް ވިއްސާރަ ކުރާނެ: މެޓް 

އުތުރަށް ބޯކޮށް ވިއްސާރަ ކުރާނެ: މެޓް 

ރާއްޖޭގެ އުތުރުގެ ރަށްތަކުގެ އެކި ހިސާބުތަކަށް މިއަދު ކުރިއަށްހުރި ވަގުތުތަކުގައި ވިއްސާރަ ކުރާނޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މިއަދު ބުނީ، ލއުތުރުގެ އެކި ހުސާބުތަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނޭކަމަށް މެޓް އޮފީހުން ބުންޏެވެ.

މިއަދު ވައި ޖެހޭނީ ހުޅަނގުދެކުނާއި އުތުރުންނެވެ. މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާދެމެދު ވައި ޖެހޭއިރު، ވިލާގަނޑުގައި 30 މޭލު ބާރުމިނުގައި ވައިޖެހޭނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އާދައިގެ ވަރަކަށް ގަދަވާއިރު، ދެކުނަށް އާދައިގެ ވަރަކަށް ކަނޑު މަޑުވާނެއެވެ.

ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ ރޯނު ނަކަތެވެ. މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާއިރު، މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. މި ނަކަތުގައި ކަނޑުތައް ވަރަށް ގަދަވާނޭކަމަށް ރޯނު ނަކަތާ ގުޅޭގޮތުން އިހުގެ މީހުން ބުނެއުޅެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *