އިންތިހާބުން މޮޅުވާ ޓީމުން ޕާޓީ ކަންކަމުގައި އިސްވާނެ، ބަލިވާ ޓީމު ހުންނަން ޖެހެނީ ފަހަތުގައި: ނަޝީދު

އިންތިހާބުން މޮޅުވާ ޓީމުން ޕާޓީ ކަންކަމުގައި އިސްވާނެ، ބަލިވާ ޓީމު ހުންނަން ޖެހެނީ ފަހަތުގައި: ނަޝީދު

އިންތިހާބުން މޮޅުވާ ޓީމުގެ މީހުން ޕާޓީ ކަންކަމުގައި އިސްވާނެ ކަމަށާއި ބަލިވާ ޓީމުގެ މީހުން ތިބެންވާނީ ޕާޓީގެ ފަހަތު ސަފުގައި ކަމަށް އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.

ސޯޝަލް މީޑިއާގައި މިހާރު ވަނީ ނަޝީދުގެ އެ މެސެޖުތަކުގެ ސްކްރީން ޝޮޓުތައް އާންމުވެފައެވެ.

ނަޝީދު ވިދާޅުވީ އިންތިހާބެއް ކާމިޔާބުވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އިންތިހާބު ކާމިޔާބުވުމުން، މަސައްކަތް ކޮށްދިން މީހުން ފަހަތަށް ޖެއްސުމަކީ އިންސާފެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަމާއެކު ނަޝީދު ވިދާޅުވީ އޭނާގެ ފަހަތަށް ނާރާ މީހުން ތިބެން ޖެހެނީ ޕާޓީގެ ފަހަތު ސަފުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *