ކުުރީގައި މުުހައްމަދު ނަޝީދު 2023 ވަނަ އަހަރު އެމްޑީޕީ ރޫޅާލައި، ރިޔާސީ އިންތިހާބު އެ ޕާޓީއަށް ގެއްލުުވާލި ފަދައިން، އަލުުން އެ ފުުރުުސަތު ދެވެން ނެތް ކަމަށް ރައްޔިތުުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުުވެއްޖެއެވެ.
މައުުރޫފް މިހެން ވިދާޅުުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިންގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ކުުރެއްވި ޕޯސްޓެއްގައެވެ. "އިރާދަކުުރެއްވިތީ ބޮޑުުތަނުުން މި އިންތިހާބު މީކާއިލް ކާމިޔާބު ކުުރާތަން ފެންނަން ފަށައިފި،" ކަމަށް ވެސް ވިދާޅުުވިއެވެ.
ހުުލާސާ ގޮތެއްގައި ބުނާ ނަމަ، މައުުރޫފްގެ ބަސްތަކުުން ހިތްތަކަށް ގެންނަ ހަނދާންތަކަކީ 2023 ވަނަ އަހަރުުގެ ހިތި ތަޖްރިބާއެވެ. ކުުރީގެ ރައީސް ނަޝީދު، ކުުރީގެ ރައީސް އިބްރާހިމް މުުހައްމަދު ސޯލިހާ ދެކޮޅަށް ނިކުންނަވައި، ވަކި ސިޔާސީ ޕާޓީއެއް ތިލަ ކުުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުުން، ނަޝީދަށް ތާއީދުުކުުރި ގިނަ ބަޔަކު އެމްޑީޕީ ދޫކޮށްލިއެވެ.
ޖޫން 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ.
އެ އިންތިހާބު ކެމްޕެއިން ވަރަށް ވާދަވެރިކޮށް ކުރިއަށްދާ މަންޒަރު ދަނީ ފެންނަމުންނެވެ. ހާއްސަކޮށް ނަޝީދާއި މީކާއީލްގެ މެދުގައި ވަރަށް ބޮޑަށް ވާދަވެރިކަން ފެންނަމުން އެބަދެއެވެ. އެއްބަޔަކު އަނެއްބަޔަަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން ގެންދާ މިންވަރުވެސް ވަނީ އިތުރުވެފަ އެވެ.





