ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މެރިން ފުލުހުން ރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭ 6:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 8:25 ހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވެފައިވަނީ ކ. ގުރައިދޫ / ރަތްވިލާގެ، އިބްރާހިމް ޝާކިރު (48އ)އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





