އީރާން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އަނެއްކާވެސް މައްޗަށް

އީރާން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އަނެއްކާވެސް މައްޗަށް

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫ އަރައި، ބްރެންޓް ކްރޫޑް ތެލުގެ އަގު ފީފާއެއް 105.83 ޑޮލަރަށް އުފުލިއްޖެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާ އިސްރާއީލުން ގުޅިގެން ހަނގުރާމަ ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ. މިދިޔަ މަހުގެ 8 ވަނަ ދުވަހު އެ ގައުމުތަކުން ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް، އަދިވެސް ހަނގުރާމަ ހުއްޓާލުމަށް ސީދާ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އެމެރިކާއިން ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް، އީރާނުން އެއްބަސް ނުވާނަމަ، އީރާނާއި ދެކޮޅަށް އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު އެމެރިކާއިން ދަނީ ދެމުންނެވެ.

ތެލުގެ ވިޔަފާރިއާ އެންމެ ބޮޑަށް ގުޅިފައިވާ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދައުރުވާ މަގެވެ. މި ހަނގުރާމައާ ގުޅިގެން އެ ކަނޑުއޮޅި ހުރަސްކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ސަޕްލައި ޗެއިނަށް ވެސް ދަނީ ބުރޫ އަރަމުންނެވެ.

ރޭ ފަތިހާ ހަމައަށް ބްރެންޓް ކްރޫޑް ފިއުޗާސްގައި 81 ސެންޓް ނުވަތަ 0.77 ޕަސެންޓް އުފުލިފައިވާއިރު، އެމެރިކާގެ ސާފު ނުކުރާ ތެޔޮ ސަޕްލައި ދަށްވުމުގެ ސަބަބުން ދުނިޔޭގެ ރިޒާވް ދަށްވެދާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.

ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން މިހާރު ދަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ވަރަށް ގާތުން ފާރަވެރިވަމުންނެވެ. ހޮރްމޫޒް ކަނޑުއޮޅި ގިނަ ދުވަސްތަކަކަށް ބަންދުވެއްޖެ ނަމަ، ބާޒާރުގެ އަގުތަކަށް އިތުރު ލޮޅުންތައް އައިސް، ތެލުގެ އަގު އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *