ތިން ރައީސުންގެ ފަރާތުން 6 މަންދޫބުން ކަނޑައަޅައިފި

ތިން ރައީސުންގެ ފަރާތުން 6 މަންދޫބުން ކަނޑައަޅައިފި

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގުޅިވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމަށްޓަކައި އެ ބޭފުޅުންގެ ފަރާތުން މަންދޫބުން ކަނޑައަޅުއްވައިފި އެވެ.

ކުރީގެ ތިން ރައީސުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރަން ހެދި ގްރޫޕަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، ތިން ރައީސުންގެ ބަންދޫބުން ކަނޑައަޅުއްވާފައި ވާއިރު، ނަޝީދުގެ މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އިބޫގެ މަންދޫބުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ޔާމީންގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދެވެ.

ނޫސްވެރިިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި މީޑިއާ ބްރީފިންގައި ޔާމީން ވިދާޅުވި ގޮތުގައި ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *