ތިން ރައީސުން ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމަކީ މުއިއްޒުގެ ވެރިކަން ފަސާދަވުމުގެ ނިޝާނެއް: އިމްރާން

ތިން ރައީސުން ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމަކީ މުއިއްޒުގެ ވެރިކަން ފަސާދަވުމުގެ ނިޝާނެއް: އިމްރާން

ތިން ރައީސުން ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފަސާދަވުން ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރެއްވުމަށް، ކުރީގެ ރައީސުން ކަމަށްވާ ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެން މަސައްކަތަކެއް އިއްޔެ ފެއްޓެވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވެދިޔަ ތަނަށް ބަލާއިރު އިދިކޮޅު ހުރިހާ ސިޔާސީ ފިކުރުތައް އެކުވެ މަސައްކަތް ކުރަން ފަށަނީ ހިނގަމުންދާ ވެރިކަން އިންތިހާޔަށް ފަސާދަވެ ގައުމާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ވަރުގެ ނުރައްކާތެރި ކަންކަން ކުރިމަތިވާން ފެށުމުން ކަމަށެވެ.

"ފެހި ގާނޫނު އަސާސީގެ ހަޔާތުގައި ރައްޔިތުން އިންތިހާބު ކުރި ތިން ރައީސުން އެކީ ރައްޔިތުން ކުރިމައްޗަށް ނިކުތުމަކީ މިދެންނެވި ހަމަޔަށް، ރައީސް މުއިއްޒުގެ ވެރިކަން ފަސާދަ ވެއްޖެ ކަމުގެ ނިޝާނެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެ ތިން ބޭފުޅުންގެ ގޮވާލުން ތަކުރާރުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ކޯޓު މެދުވެރިކޮށް ނެރުއްވާފައި އޮތް އަމުރު ބާތިލު ކުރުމަށާއި ނުގަވާއިދުން ހިފާހައްޔަރު ކޮށްފައިވާ ނޫސްވެރި މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *