ރައްޔިތުންގެ މަޖިލީހުގެ، މިހިނގާ މިއަހަރުގެ ފުރަތަމަ ދައުރު މިމަހުގެ 31 އަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުރު އިތުރު ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީއެންސީގެ 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މަޖިލީހުގެ ދައުރު އިތުރު ނުކުރަން ވޯޓު ދެއްވީ އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހްމާން އާއެކު އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިނ،ް އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައ،ް ބެހިގެން ވާނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިނ،ް ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނ،ީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެންއަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނ،ީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.





