ރިޔާސަތުގައި ނާޒިމް، ދެފަހަރަށް އުޅެގެންވެސް ކޯރަމް ހަމަނުވި، އެންމެފަހުން ޖަލްސާ ކަންސަލް 

ރިޔާސަތުގައި ނާޒިމް، ދެފަހަރަށް އުޅެގެންވެސް ކޯރަމް ހަމަނުވި، އެންމެފަހުން ޖަލްސާ ކަންސަލް 

ކޯރަމް ހަމަ ވާވަރަށް މެންބަރުން ވަޑައިނުގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސްކޮށްފިއެވެ.

ގަޑި ޖެހުނުއިރުވެސް، މިިއަދު ހެންދުނު 9:00 ގައި ފަށަން އޮތް ޖަލްސާއަަށް ކޯރަމް ހަމަވާވަރަށް މެންބަރުން ވަޑައެއްނުގަންނަވައެވެ. ގަޑިޖެހުމުން ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަ ކުރުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހުމުންވެސް ކޯރަމް ހަމަނުވެެގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، ކޯރަމް ރަނގަބީލު ޖެހުމުންވެސް މިއަދު 9:00 ގައި ފަށަން އޮތް ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވުމުން 10:00 އަށްޖަލްސާ ފަސްކުރާ ކަމަށެވެ.

ނަމަވެސް 10:00 ގައިވެސް ޖަލްސާ ފަށަން ކޯރަމް ހަމަނުވެގެން ނާޒިމް ވިދާޅުވީ ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލް ކުރައްވާ ކަމަށެވެ. އަދި މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށްވެސް ނާޒިމް އިއުލާން ކުރެއްވިއެވެ. ނަމަވެސް އެއީ އާއްމުކޮށް މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއްނޫނެވެ. އާއްމުކޮށް މަޖިލިސް ޖަލްސާތައް ބާއްވަނީ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަތަރު މަސައްކަތެއް އެޖެންޑާކޮށްފައި އޮތެވެ. އެއީ ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލ،ަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ސަރުކާރުގެ ފަރާތުނ،ް މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހް ހުށަހަޅުއްވާފައިވާ، ސައިބާ ސެކިއުރިޓީގެ ބިލުގެ ބަހުސާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުމުގެ އިތުރުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލ،ު އިޖްތިމާއީ ކޮމިޓީން ދިރާސ ކޮށް ނިންމިގޮތުގެރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސް ކުރުމެވެ.

މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވިއިރު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ވަޓްސްއެޕް ގުރޫޕުން މިއަދު ބޭރު ކޮށްލައިފައެވެ.

އޭނާ ބޭރު ކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ބޭރު ކުރި ސަބަބެއް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ. އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެ އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް މުއިއްޒުއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްލާފައިވާއިރު، މިދިޔަ މަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަކިކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށް އަޑުތައް ފެތުރުނެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަ ކުރަމުންދާ ކަމުގެ އަޑުތައްވެސް ފެތުރުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *