ރަސްދޫގައި ޗައިނާ ދެމީހަކު ދަގަނޑު ބުރިއަކުން ދަރިފުޅަށް ހަމަލާދިން މަންޒަރު ފެނި، މަންމައަށް ޝޮކެއް ޖެހި މަރުވެއްޖެ

ރަސްދޫގައި ޗައިނާ ދެމީހަކު ދަގަނޑު ބުރިއަކުން ދަރިފުޅަށް ހަމަލާދިން މަންޒަރު ފެނި، މަންމައަށް ޝޮކެއް ޖެހި މަރުވެއްޖެ

ރަސްދޫގައި ދަރިފުޅަށް ހަމަލާ ދިން މަންޒަރު ފެނުނު މައްމަ ޝޮކް ޖެހިގެން މަރުވެއްޖެ

އއ. ރަސްދޫގައި ޗައިނާ ބަޔަކު ދިވެއްސަކަށް ހަމަލާދިން މަންޒަރު ފެނުނު އޭނާގެ މަންމައަށް ލިބުނު ޝޮކެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ރަސްދޫ ކައުންސިލުން ބުނީ އެ އަންހެންމީހާ މަރުވީ ރަސްދޫގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ކަމަށެވެ.

މިހާދިސާގައި އަނިޔާވި ދިވެހި ޒުވާނާގެ މަންމައަކީ 69 އަހަރުގެ މީހެއް ކަމަށާއި، އޭނާއަށް ލިބުނު ޝޮކުގައި ސިނކުޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލުން ބުނެފައިވެއެވެ. އެހެން ކަމުން އެ ރަށުން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުން ދަނިކޮށް އެ މީހާ މަރުވީ މިއަދު ހެނދުނުއެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 9 ވަނަ ދުވަހުގެ ދަންވަރު 00:51 ހާއިރު، ރަސްދޫ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ޗައިނާގެ ދެ ރައްޔިތަކު، މީހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *