އަދާރާ: އޯޓިޒަމް ކުއްޖަކަސް، މޮޅު އުންމީދީ ސައިންސްވެރިޔެއް، ބޭނުންވަނީ އެސްޓްރޮނޯޓަކަށްވެ ޖައްވަށްދާން

އަދާރާ: އޯޓިޒަމް ކުއްޖަކަސް، މޮޅު އުންމީދީ ސައިންސްވެރިޔެއް، ބޭނުންވަނީ އެސްޓްރޮނޯޓަކަށްވެ ޖައްވަށްދާން

އަދާރާ ޕެރޭޒް ސަންޗޭޒް އަކީ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އާދަޔާޚިލާފު ކުއްޖެކެވެ. އޭނާގެ އައި.ކިއު (IQ) ހުރީ 162 ގައެވެ. މިއީ މަޝްހޫރު ސައިންސްވެރިން ކަމަށްވާ އަލްބަރޓް އައިންސްޓައިން އަދި ސްޓީފަން ހޯކިންއަށް ވުރެ މަތީ މިންވަރެކެވެ.

މެކްސިކޯ ސިޓީއަށް އުފަން އަދާރާ ޕެރޭޒް ސަންޗޭޒް އަކީ މިއަދު ދުނިޔެ ބަލައިގަންނަ އެންމެ އާދަޔާ ޚިލާފު އެއް ސިކުނޑީގެ ވެރިޔާއެވެ. އެހެންނަމަވެސް، އޭނާގެ ހަޔާތުގެ ކުރީކޮޅަކީ އެހާ އުފާވެރި ދުވަސްތަކެއް ނޫނެވެ.

އުމުރުން އެންމެ 3 އަހަރުގައި އަދާރާއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އެނގުނެވެ. މިކަމުގެ ސަބަބުން ސްކޫލްގައި އޭނާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ކްލާސް ކުދިންގެ ފަރާތުން "ބީރައްޓެހި" ކުއްޖެއްގެ ނަން ލިބި، ގަނާކުރުމުގެ ޝިކާރައަކަށް އޭނާ ވިއެވެ. ކްލާސްތަކުގައި ފޫހިވެގެން ނިދޭތީ، ޓީޗަރުން ހީކުރީ އޭނާއަކީ ކިޔެވުމަށް ޝައުގުވެރިކަން ނެތް ކުއްޖެއް ކަމަށެވެ.

އަދާރާގެ މަންމައަށް ފާހަގަވީ ތަފާތު ކަމެކެވެ. އަދާރާ އަމިއްލައަށް އަލްޖެބްރާ ދަސްކޮށް، މުޅި ޕީރިއަޑިކް ޓޭބަލް ހިތުދަސް ކުރިއެވެ. މިއާއެކު އޭނާގެ އައި.ކިއު ޓެސްޓް ކުރެވުނުއިރު، ނަތީޖާއަކަށް އައީ 162 އެވެ. މިއީ ދުނިޔޭގެ އެންމެ މޮޅު ސައިންސްވެރިންގެ ތެރޭގައި ހިމެނޭ އައިންސްޓައިންގެ އައި.ކިއުއަށް ވުރެވެސް މަތީ އަދަދެކެވެ. މި ހޯދުމާއެކު އަދާރާގެ ތައުލީމީ ދަތުރު ބާރުމިނެއްގައި ކުރިއަށް ދިޔައެވެ.

5 އަހަރުގައި: ޕްރައިމަރީ ސްކޫލް ނިންމި.
6 އަހަރުގައި: މިޑްލް ސްކޫލް އަދި ހައި ސްކޫލް ނިންމި.
11 އަހަރުގައި: ސިސްޓަމްސް އިންޖިނިއަރިން އަދި އިންޑަސްޓްރިއަލް އިންޖިނިއަރިންއިން ދެ ބެޗްލަރސް ޑިގްރީ ހާސިލްކުރި.
މިހާރު: މެތަމެޓިކްސް އަދި އިންޖިނިއަރިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަހަރެން ބޭނުމީ ފަޒާއަށް ގޮސް ހަނދާއި މާސްއަށް ދަތުރު ކުރަން." އަދާރާ ޕެރޭޒް ބުނެފައިވެއެވެ.

އަދާރާގެ އެންމެ ބޮޑު ހުވަފެނަކީ ނާސާ އާ ގުޅިގެން އެސްޓްރޮނޯޓަކަށް ވުމެވެ. އޭނާގެ މި ކާމިޔާބީއަކީ ނިއުރޯޑައިވަރޖަންޓް ކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އޯޓިޒަމްއަކީ ނުކުޅެދުންތެރިކަމެއް ނޫންކަމާއި، އެއީ ރަނގަޅު މާހައުލެއް ލިބިއްޖެނަމަ ބޭނުން ކުރެވިދާނެ "ސުޕަރޕަވަރ" އެއްކަން އަދާރާ ވަނީ މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *