ހުޅަނގު މޫސުން ފެށިއްޖެ

ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ފުރަތަމަ ކުރަން ފަށާފައިވަނީ ދެކުނުގެ ސަރަޙައްދުތަކަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މޫސުން ބެހިފައިވާގޮތުން މީލާދީ ގޮތުން ބަލާނަމަ، އިރުވައި މޫސުން ދިމާވަނީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ، މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަަމަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށަނީ ދެކުނުގެ ސަރަހައްދަށް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މިމަހުގެ 8ވަނަ ދުވަހު ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ދެކުނުގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިފައިވާއިރު މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ދެކުނާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ.

މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ދެކުނަށް ހުޅަނގު މޫސުމުގެ އަސަރުކުރަން ފަށާކަމަށް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ފަހުން މެދުރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށި މެއި މަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރަން ފަށާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *