ހޯމް މިނިސްޓަރުގެ މަސްއޫލިއްޔަތާމެދު މިހާރު ސުވާލު އުފައްދަންޖެހޭ: ޝަރީފް

ހޯމް މިނިސްޓަރުގެ މަސްއޫލިއްޔަތާމެދު މިހާރު ސުވާލު އުފައްދަންޖެހޭ: ޝަރީފް

މިހާރު ގައުމުގައި މި ހިނގާ ކަންތައްތަކާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ މަސްއޫލިއްޔަތާމެދު ސުވާލު އުފައްދަންޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީމް މިހެން ވިދާޅުވީ، ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސާ ޕާޓީ ތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުން އަވަސް ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ހުސެއިން ޝަރީފް ވިދާޅުވީ، މިއަދު ގައުމުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނުއަސާސީން ކަަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ދައުލަތެއްގެ ސިފަ ޖެއްސުމަށް ގާނޫނުގައި ތަރުތީބު ކޮށްފައިވާ ގާނޫނުތަކާ އެއްގޮތަށް މުއައްސަސާތައް ފަންކްޝަން ނުކުރުން ކަމަށެވެ.

"ސަބަބު މިއަދު މިއޮތީ ވަރަށް ރަނގަޅަށް ފެންނަން. ދިވެހި ރާއްޖޭގައި ދައުލަތް ހިންގުމުގެ އެންމެމަތީ ބާރު، ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ކިބައިން ފެށިގެން އަންނައިރު، އަމާނާތްތެރިކަމައެކު ވެރިކަން ކުރުމަށް ހަވާލު ކުރާ ފަރާތަކީ ވަރަަށް މުހިއްމު ފަރާތެއް، އެއީ ކަރާމަތާއި ރައްކާތެރިކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ފަރާތެއް، އެފަރާތާބެހޭ ގޮތުން ޔޯލަ ޔޯލަ ވާހަކައެއްގެ ގޮތުގައި ދެކެވޭ ވާހަކަ އަޅުގަނޑުމެން ޕަބްލިޝް ކޮށްގެން ދައްކާއިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ނިދައިފައި އޮތުމުގެ ސަބަބުން މިހެން ވާންޖެހެނީ،" ޝަރީފް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ވަރަށްބޮޑު ތުހުމަތެއް އަޅުވައިގެން ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"މިއީ އެއްވެސް ކަހަލަ ޝަރުއީ ހުއްޖަތެއް، މިސާލަކަށް ޝަރުއީ ހުއްޖަތަކީ އޭގެ ހެތްކާއި ގަރީނާއާއި އޭގެ މައްޗަށް އެ ވާގިއާއަަކަށް ބާރު ލިބިދޭ އަސާސްތަކެއް އޮނަން ޖެހޭނެ. އެއެއް ނެތި ދެކެވުނު ވާހަކަތަކަށް ހަމަ ބޭނުން ގޮތަކަށް، ބޭނުން ތަރުތީބެއް ކޮށްލައިގެން ވީޑިއޯތައް ހެދުމާއި ފާޑު ފާޑުގެ ވާހަކަ ދެއްކުމާއި ދޭދޭ މީހުން ޔޯލަ ޔޯލަ  ވާހަކަ ދައްކަމުން ދިޔައިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ކޮބައިތޯ، އަޅުގަނޑު މިއަދު މި މަޖިލީހުގައި ދިވެހި ރާއްޖޭގެ ދާހިލީ ވަޒީރުގެ މަސްއޫލިއްޔަތާދޭތެރޭ ސުވާލު އުފައްދަންޖެހޭ ސަބަބެއްމީ، އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތްވިޔައް މިސަަބަބު އުފައްދަންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *