ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކަހަލަ ވިސްނުމެއް އެބަ ގެންގުޅެން: މޫސަ

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކަހަލަ ވިސްނުމެއް އެބަ ގެންގުޅެން: މޫސަ

އެމްޑީީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވެފައިވާއިރު، ޕާޓީގެ އެތެރޭގެ ކޯޅުންތަކާހުރެ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތި ލައްވަން ޖެހިދާނެ ކަމުގެ ސިގްނަލެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް މޫސަ މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިވަގުތު އެމްޑީޕީ އޮތް ޙާލަތާމެދު ވަރަށް ވިސްނަވައިފި ކަމަށެވެ.

"ލީޑަރަކަށް ވެގެން ނޫނީ ޕާޓީގެ ކަންކަމުގާ ގޮތް ނުކިޔޭ ކަމަށް ފެންނާތީ އާއި އަދި ޕާޓީގެ ޗެއަރ ނުވަތަ ރައީސްކަން ކޮށްފައި ހުރި މީހަކަށް ވިއަސް ޤައުމީ މަޖްލީހުން ޖާގައެއް މި ލިބެނީ ޤައުމުގެ ވެރިކަމަށް ކުރިމަތިލާ މީހެއްގެ ގޮތުގާ ޢިއުލާން ކޮށްފާތިބި އެމްޑީޕީގެ މިހާރުގެ މެމްބަރަކަށް" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، މޫސަގެ ކިބައިގައި ލީޑަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރެއިން މަދުވާ ސަބަބަބު ތަކަކީ އެއީ ކަމަށްވާތީ 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން އެބަގެންގުޅުއްވާ ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓު ކަމަށް 2028 އަށް ކުރިމަތިލާން ޢިއުލާނު ކުރުމުގެ ވިސްނުން އެބަގެންގުޅެމެވެ." މޫސަ ވިދާޅިއެވެ.

މިކަމާބެހޭ ގޮތުން މޫސައާ ސުވާލު ކުރުމުން ވަކި އެއްޗެއް ވިދާޅެއްނުވިއެވެ. އެއީ ސީރިއަސްކޮށް ދެއްކެވި ވާހަކައެއް ކަމެއް ނޫން ކަމެއްވެސް ވިދާޅެއްނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *