މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށް ވެސް މިހާރު ފުލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށް ވެސް މިހާރު ފުލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް " ބޯހިޔާވަހިކަން އެންމެނަށް " މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ލެވޭނެ އިސްލާހެއް ގެނެސްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓުގައިވަނީ، މާލޭގައި 1 އަހަަަރަށް ވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް އެޕްލައިކުރެވޭނެ ގޮތަށް ފޯމަށް ބަދަލު ގެނެެސްފައިވާ ކަމަށެވެ.

އެގޮތުން، މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކުން މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓަގަރީއަށް ޝަރުތު ފުރިހަމަވާނަމަ، އެޕްލައިކުރެވޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅާއިރު " މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިއުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހް އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ގެނެވޭތޯ ސަރުކާރުން އަންނަނީ ގިނ ަމަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި އެކަނި ވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *